ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުންނެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުގައި ކުރިޔަށް ދިޔަ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުމުގައި ކެންޑިޑޭޓް ނަމްބަރު 1 ލިބިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ މެންބަރު އަލްމަރްހޫމް އިބްރާހިމް ރިޒާގެ ކޮއްކޮ އަލްއުސްދާޒު ހުސެއިން ރިޒާއަށެވެ.

ކެންޑިޑޭޓް ނަމްބަރު 2 ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އަށެވެ. ކެންޑިޑޭޓް ނަމްބަރު 3 ލިބުނީ އެންއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ 15 އޭޕްރީލް އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ފާއިތު 3 ދައުރު މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރެއްވި މެންބަރު ރިޒާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *