ގާސީމް އާއި ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރަން ނިންމައިފިއެވެ.

ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި ރޭ ބޭއްވި ޕީޖީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުالله ވަނީ ފިކުރެއްގެ ދިރުމާއި ޖޭޕީ ގުޅިގެން މަޖިލީހުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށާ އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވެފައެވެ.

ރޭގެ ބައްދަލުވުމުގައި 12 ގަރާރެއް އީވާ ހުށަހަޅުއްވާފައިވާއިރު އޭގެ ތެރެއިން ދެ ގަރާކަށް ވަނީ މަޝްވަރާ ކޮށްފައެވެ.

ރޭގެ ބައްދަލުވުމުގައި ނަޝީދު ފެކްޝަންގެ 10 މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ.

މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *