ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު، ޖުމްހޫރީ ޕާޓީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިއަދު ޖޭޕީއިން ބޭއްވި 151 ވަނަ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެ ކޯލިޝަން ހައްދަވައިގެން ކުރިއަށްދަން ފެންނަ ކަމަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ސަމީރެވެ.

ސަމީރު އިސްތިއުފާ ދެއްވީ ހަމަ އެ ކައުންސިލް ބައްދަލުވުމުގެ ތެރެއިންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީ ކައުންސިލުން ފާސްކުރީ އެކަމާ ގުޅޭ ގަރާރަށް ބަހުސްކުރުމަށްފަހު އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ފާސްވީ ޖޭޕީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސަމީރު ވިދާޅުވީ ޕާޓީން ވަކިވާން އޭނާ ނިންމެވީ، ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަމަށް މާ ކުރިން ވިދާޅުވެވިފައި އޮތުމުން ކަމަށެވެ. ރައީސްއަށް ޔަގީންކަން ދެވިފައިވަނިކޮށް އޭނާ ހިމެނިވަޑައިގަންނަވާ ޕާޓީއަކުން ކެނޑީޑޭޓަކު ނެރޭއިރު، ޕާޓީގައި ހުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *