ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ރޭ މާލޭގައި ހުންނަ އެ ޕާޓީގެ ހަރުގެ ސަރަހައްދުގައި މާހެފުމެއް ބާއްވާފައެވެ. މި މާހެފުމުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި 'ފިކުރެއްގެ ދިރުން' ޓީމުގެ އިސް ބޭފުޅުން މި މާހެފުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް މާހެފުމުގައި ބައިވެރިވިއެވެ.