މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ،

ސަރުކާރުން އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިންތިހާބުތަކަށް ސަރުކާރުން ނުފޫޒާއި ބާރު ފޯރުވަމުންދާކަމަށް ބުނެ، އިންސާފުވެރި މިނިވަން އިންތިހާބުތަކެއް ބޭއްވުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހި ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މެންބަރު އިމްތިޔާޒު ވިދާޅުވީ މި ގަރާރު ހުށަހެޅުއްވި ސަބަބަކީ އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާ ދިއުމާއި މެދު އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމްއިއްޔާތަކުން އާންމުކޮށް މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިތުބާރުކުރުވަނިވި ހައްލެއް ހޯދައިދީފައި ނުވާތީ ކަމަށެވެ.

އަދި މިގާރާރު ހުށަހެޅުއްވީ އިންތިހާބުތައް އިންސާފުވެރިކުރުމަށާއި، މިނިވަން ކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ސަރުކާރުން ކަންކަން ތަންފިޒުކޮށް މަގުފަހިކުރުމަށް ގޮވާލުމުގެ ގޮތުން ކަމަށެވެ.

އިންތިހާބުތައް އިންސާފުވެރި އަދި މިނިވަންކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ސަރުކާރުން  ސާފު ސިޔާސަތެއް ގެންގުޅޭކަން އެނގެން ނެތް ކަމަށްވެސް އިމްތިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *