މިއަދު ހެނދުނު ބްރިޖް މަގުގައި ހިނގި އެކްސިޑެންޓް

ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ މަގާއި ގުޅޭ ހިސާބު ޓްރެފިކް ލައިޓް ކައިރިން ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 7:49 ހާއިރު ކަމަށެވެ.

ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. އޭނާއަށް ފަރުވާދިނުމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ނަގާފައިވާ ވީޑިއޯ އެއް ޝޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޕޮލިސް ކާރުގެ އެއް އަރިމައްޗަށް  ޕީސީއެކްސް ސައިކަލެއް އަރާފައިވާތަން ފެނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.  މި އަދު އެކްސިޑެންޓް ހިނގި ސަރަހައްދަކީ މީގެ ކުރިންވެސް އާންމުކޮށް އެކްސިޑެންޓްތައް ހިނގާ ސަރަހައްދެކެވެ. މިދިޔަ އަހަރު ވަނީ އެ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކާރެއްގައި ޖެހި ވިއްސައިގެން ގޮސް އޭނާ ވަނީ ނިޔާވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *