ހެންވޭރު ގެއަކުން ވެއްޓުނު ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 20:05 ހާއިރު ހެންވޭރު ގެއަކުން މީހަކު ވެއްޓިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ ހ. ލިލީ ނައިޓް އާގެ، 6 ވަނަ ފަންގި ފިލާއިންނެވެ.

ރޭ ދަންވަރު 12 ޖެހިފަހުން ހެންވޭރު ގެ އެއްގެ ފަސްވަނަ ފަންގި ފިލާއިން 4 އަހަރު ކުއްޖަކުވެސް ވެއްޓިގެން ވަނީ ނިޔާވެފައެވެ. އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި އެކުއްޖާއަށް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުން ލިބުނީ ރޭ 12:20 ހާއިރެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *