އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް/ ފޮޓޯ: މިހާރު

މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށި ނަމަވެސް މިވަގުތު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭނެ ކަމަށެވެ.

ހަބީބު ވިދާޅުވީ، ޑިޖިޓަލް އައިޑީކާޑު ފޯނުގައި އޮންނައިރު، ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުމަކީ މަނާ ކަމަކަށް  ވާތީ، ގާނޫނަށް ބަދަލު ނުގެންނަނީސް ވޯޓުލާން ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ވޯޓު ކަރުދާސް ދޫކުރާ ޕޯސްޓަށްވެސް ފޯނު ނުވެއްދޭނެ ކަމަށެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްފި ނަމަ ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ލެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރުން ފެށުމުގެ ގޮތުން އެ އައިޑީ ކާޑު މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ. އެ ކާޑު މި އަހަރުގެ ފަހުކޮޅު ތައާރަފް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *