ފިލްމު " ޖަވާން" އިން  ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހުރުކް ޚާން އާއިއެކު ސަންޖޭ ދަތު ފެނިގެންދާނެއެވެ.

"ޖަވާން" ގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ތަރިންގެ އިތުރުން ސައުތުގެ މަޝްހޫރު ތަރިންވެސް ފެނިގެންދާނެއެވެ. އެގޮތުން "ޖަވާން" ވެގެންދާނީ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ނަޔަންތުރާގެ ބޮލީވުޑް ޑެބިއު ފިލްމަށެވެ.

ބޮލީވުޑް ހަންގަމާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ސަންޖޭ ފެނިގެންދާ ރޯލު ހުށަހެޅީ ސައުތުގެ ތަރި އައްލު އަރުޖަނު އަށެވެ. އެހެންނަމަވެސް އައްލު އަރުޖުން އެ  ރޯލު ކުޅުމަށް އިންކާރު ކުރުމުން އެ ރޯލު ވަނީ ސަންޖޭ އަށް ހަށަހަޅާފައިއެވެ. ސަންޖޭ ވަނީ ރޯލު ކުޅުމަށް އެއްބަސްވެސް ވެފައެވެ.

ޝާހް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ޕަތާން" ވަނީ  އިންޑިއާގެ އެންމެ ކާމިޔާބު ފިލްމަށްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *