ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ބާލިންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ކޮމަންވެލްތް ޤައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި އެކި އެކި ގައުމުތަކުގެ މިނިސްޓަރުންނާއި އެކު މުހިންމު މަޝްވަރާތައް ކުރައްވާނެ ކަމަށާއި، އެކި އިނގިރޭސި ސަރުކާރާއި އެކު  ހާރިޖީ ވަޒީރުން ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދަވާނެ ކަމަށްވެސް ޝާހިދު ފާހަގަ ކުރައްވާފައިވެއެވެ.


ޝާހިދުގެ ލަންޑަނަށް ވަޑައިގެންނެވުމުގެ ކުރިން މިދިޔަ ހަފްތާގައި ވަނީ، އދ ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސުގައި ބައިވެރިވެވަޑައިގެންނެވުމަށް ޤަތަރުގެ ދޯހާއަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަންނަވާފައެވެ.

އެއަށްފަހު ޖަރުމަނުވިލާތަށް ވަޑައިގެން ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އައިޓީބީ ބާލިން ފެއާއަށް ޒިޔާރަތް ކުރައްވާ އެތަނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ހަދާފައިވާ ސްޓޭންޑަށްވެސް ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *