މޫދު ކާރު އޮންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: ޔުނިކް ސްޕޯޓިން

އޭޕްރީލް 27 އިން 19 އަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ވޯޓާ ސްޕޯޓްސް ފެސްޓިވަލްގައި ރާއްޖޭގެ އުފެއްދުމެއް ކަމަށްވާ، މޫދުގައި ދުއްވާ ކާރު ދައްކާލަން ނިންމައިފިއެވެ.

ޔުނިކް ސްޕޯޓިންގ އިން އުފައްދާ މި މޫދު ކާރު ނުވަތަ ވޯޓާ ކާރަކީ ދެ މީހުންނަށް އެރޭ ގޮތަށް  ފަރުމާ ކޮށްފައިވާ ކާރެކެވެ. މި ކާރު އުފައްދާފައިވަނީ ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމުގައި ހަރަކާތްތެރިވާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.

ވޯޓާ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ބައެއް ފަރާތްތަކަށް އަޖުމަ ބަލާލުމުގެ ގޮތުން ހިލޭ މި ކާރު ދުއްވާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

'ކޯވެޓް ބްރޭންޑްގެ މިކާރަކީ އެންމެ ޒަމާނީ ވޯޓާ ކާރެއް ކަމަށް ކާރު އުފައްދާ ފަރާތުން ބުނެއެވެ.

ޔުނިކް ސްޕޯޓިން އިން ކުރިޔަށްއޮތް ތަނުގައި އިތުރު ބްރޭންޑްތަކުގެ މުދު ކާރު ރާއްޖެއަށް ތައާރަފް ކުރުމަށް ވިސްނަމުންދާ ކަމަށް އެ ފަރާތުން ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *