ރާއްޖޭން ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު ބަޔެއް - ފައިލް ފޮޓޯ: އިސްލާމި މިނިސްޓްރީ

ބޮޑެތި ބަލިތަކަށް ފަރުވާ މީހުންގެ ތެރެއިން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކޯޓާގައި ހައްޖަށްދާން އެދޭ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނަށް މި އަހަރު ލިބިފައިވާ ކޯޓާގެ ތެރެއިން ފަސް އިންސައްތަ ހާއްސަކޮށްފައިވަނީ ހައްޖަށް ދާން ފައިސާ ދައްކާ ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ މީހުންނަށްގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބަލި މަޑުކަމެއް ހުރި ފަރާތްތަކަށެވެ.

މި ފަދަ ފަރާތްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު ލިބެން ހުންނާނީ ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓުންނެވެ. މި ފޯމު ފުރިހަމަ ކުރުމަށްފަހު ހައްޖަށްދާން އެދޭ ފަރާތުން ފުރިހަމަކޮށްފައިވާ ހެލްތް ސެޓިފިކޭޝަން ފޯމުވެސް ހުށަހަޅަންޖެހޭނެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ ސަރުކާރުން ދޫކޮށްފައިވަނީ 1000ކޯޓާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *