ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށް މާލޭ ސުކޫލުތަކުގެ ބެލެނިވެރިންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ 'ކަނބަލުން ފުޓްބޯލް ފެސްޓިވަލް' ގެ ޗެމްޕިއަންކަން ހިރިޔާ ސުކޫލުން ހޯދައިފިއެވެ.

ހޮނިހިރު ދުވަހު އެމްއޭއޭމް 1 ނަމްބަރު ޓާފް ދަނޑުގައި ކުރިޔަށް ގެންދިޔަ މި ފެސްޓިވަލުގައި ހިރިޔާއިން ތަށި އުފުލާލާފައިވާއިރު ރަނަރަޕް ޓީމަކަށް ހޮވުނީ އިމާދުއްދީން ސުކޫލެވެ.

'ކަނބަލުން ފުޓްބޯލް ފެސްޓިވަލް'  ގައި ބައިވެރިވެ އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމުތަކުގެ ތަކުގެ ތެރޭގައި ހިރިޔާ ސުކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިމާދުއްދީން ސުކޫލް ހިމެނެއެވެ.

އަހުމަދިއްޔާ ސުކޫލާއި ހިރިޔާ ސުކޫލުން ބައްދަލުކުރި މެޗެއްގެ ތެރެއިން

ފައިނަލް މެޗު ހިރިޔާއިން ގެންދިޔައީ ވާދަވެރި ދެ ހާފްގެ ކުޅުމަށްފަހު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 2 ގޯލުން ކުރި ހޯދައިގެން ހިރިޔާ ސުކޫލުން ޝަރަފުވެރި 1 ވަނަ ހާސިލްކޮށްފައިވާއިރު މި ފެސްޓިވަލްގައި އެންމެ ރަނގަޅު ސަޕޯޓަރުންވެސް ވަނީ ހޮވާފައެވެ.  އެންމެ ރަނގަޅަށް ޓީމަށް ސަޕޯޓު ކުރި ޓީމަކަށްދޭ ހަނދާނީ ފިލާ ލިބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލަށެވެ.

މި ފިއެސްޓާރގައި ބައިވެރިވި ޓިމުތަކަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު، ހިރިޔާ ސުކޫލް، އިމާދުއްދީން ސުކޫލް އަދި ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލާއި، ކަލާފާނު ސުކޫލެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކާއި މެޗުތައް ބެލެހެއްޓެވި ރެފްރީން

ސެމީގެ ފުރަތަމަ މެޗުގައި ދެ ހާފްގެ ވާދަވެރި ކުޅުމަށްފަހު ނަތީޖާ ނުނެރެވިގެން ވަނީ ޕެނަލްޓީގައި ދެ ގޯލުގެ ތަފާތަކުން އަހުމަދިއްޔާގެ މައްޗަށް ކުރި ހޯދީ އިމާދުއްދީނެވެ.  އަދި ސެމީގެ ދެ ވަނަ މެޗު ޣިޔާސުއްދީނާއި ވާދަކޮށް ކާމިޔާބު ކުރީ  ހިރިޔާ ސުކޫލުންނެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކަށްދޭ ހަނދާނީ ފިލައާއި އަހުމަދިއްޔާގެ ޑިފެންޑަރު ހަވާލުވަނީ

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ޖެންޑާ މިނިސްޓަރ އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަންގެ ފައުންޑަރ، ޒެނީޝާ ޝަހީދު ޒަކީއެވެ. ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމް ދެއްވީ ހޭންޑް ބޯލް އެސޯސިއޭޝަނާއި ނެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން އަދި އެފްއޭއެމްގެ އެކްސްކޯގައި ހިމެންވަޑައިގަންނަވާ އަންހެން މެންބަރު ޝާނީޒްއެވެ.

 

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *