ރާއްޖެ އާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވަނީ ސަޢުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަލް ޚަތީބުއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބޭއްވެވި މަޝްވަރާގައެވެ.

މި ބައްދަލުވުމުގައި ރާއްޖެ އާއި ސަޢުދީ ގުޅިގެން ޓޫރިޒަމް ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެ ޤައުމުން ގުޅިގެން ތަރައްގީގެ މަޝްރޫއުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރެއްވި ކަމަށް ޚަތީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓުއަރިޒަމް އެކްސްޗޭންޖް، އައިޓީބީއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރއެވެ. މިފެއަރއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވާ، އެމަނިކުފާނު ވަނީ ސަޢުދީ އަރަބިއްޔާގެ ސްޓޭންޑަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ރާއްޖެއާއި ސައުދީން ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާއިރު ސައުދީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނާސް އިން މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ދަތުރުތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ. އަދި އެ ގައުމުގެ ގައުމީ އެއާލައިން ސައުދިއާ އިން މިހާރު ވެސް ރާއްޖެ އަށް ދަނީ ދަތުރު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *