ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ޚިދުމަތަށް ލޮގިންވާން މަސައްކަތްކޮށް ލޮގިން ފެއިލްވާ ކޮންމެ ފަހަރަކު އެ އެކައުންޓެއްގެ ވެރިފަރާތުގެ ސަމާލުކަމަށް އެ ކަން ގެނެސްދިނުމުގެ ގޮތުން ނޮޓިފިކޭޝަން ފޮނުވައިދޭން މިހާރު ފަށައިފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މީގެ ކުރިން ލޮގިން ނޮޓިފިކޭޝަން އަންނާނީ ލޮގިންވެވުމުން، ލޮގިންވެވިފައިވާކަން އަންގައިދިނުމުގެ ގޮތުން އެކަނި ކަމަށެވެ.

ބީއެމްއެލްއިން ބުނީ މިއީ ނުބައިކޮށް މައުލޫމާތު ޖެހުމުން ފޮނުވާ އިތުރު ނޮޓިފިކޭޝަންއެއް ކަމަށާ އެގޮތުން ނުބައިކޮށް މައުލޫމާތު ޖަހާ ކޮންމެ ފަހަރަކު ކަސްޓަމަރަށް މި ނޮޓިފިކޭޝަން ދާނެ ކަމަށެވެ.

މީގެ އިތުރުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މިޚިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލަރޓް ލިބޭނެކަމަށެވެ.

ކަސްޓަމަރުންގެ އެކައުންޓުން ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ހިނގާނަމަ ޕާސްވޯޑް ބަދަލު ކުރުމަށްވެސް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *