މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ސަން

ބްރިޖުގެ ބޭނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަރކްޗަރއިން ނަގާފައިވާ ސަރަހައްދުން މާލެ ސިޓީ ކައުންސިލުން ގަވާއިދާއި ޚިލާފަށް ބިން ދޫކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަށް ދެ ސިޓީއެއް ފޮނުވާފައިވާކަން "ޖަޒީރާ"އަށް ވަނީ ހާމަވެފައެވެ.

"ޖަޒީރާ"އަށް އެނގިފައިވާ ގޮތުގައި މާލެ ސިޓީ ކައުންސިލުން ވިލިނގިލީގެ ލޭންޑް ޔޫޒް ޕްލޭންއެއް އެކުލަވާލުމެއް ނެތި ބިން ދޫކުރާތީ އެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، މިނިސްޓްރީން ވަނީ އެ ބިމަކީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ނަގާފައިވާ ބިމެއްކަން ފާހަގަކޮށްފައެވެ.

ބުރިޖުގެ މަސައްކަތްކުރުމަށް ގުޅިފަޅާއި ވިލިމާލެ ގުޅުވާލުމަށް ވިލިނގިލީ ސިނާއީ ސަރަހައްދުގައި ބައެއް ޚިދުމަތްތައް ގާއިމްކުރުމަށް ވިލިނގިލީ ސިނާއީ ސަރަހައްދު ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

ސިޓީގައި ވަނީ އެސަރަހައްދުން އެއްވެސް ގޮތަކަށް، އެއްވެސް ބޭނުމަކަށް ބިން ދޫކުރަމުން ގެންދާކަމުގައިވާނަމަ އެކަން ހުއްޓާލުމަށް އަންގާފައެވެ. އަދި އެއްވެސް ބޭނުމަކަށް ބިން ދޫކުރެވޭނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނުގެ ދަށުން ލޭންޑް ޔޫޒް ޕްލޭން ފާސްކުރެވިގެންކަމަށްވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *