މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހިއްދީން ޔާސީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާތަކެއް އުފުލައިފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުގެ ކޮންޓްރެކްޓްތައް ހަވާލުކުރުމުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

އުމުރުން 75 އަހަރުގެ މުހިއްދީންގެ މައްޗަށް ޖުމްލަ 6 ދައުވާއެއް ވަނީ އުފުލާފައެވެ. އޭނާ ވަނީ އެ ހަ ދައުވާއަށް އިންކާރުކުރައްވާފައެވެ. 

2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކޮވިޑް-19ގެ އެންމެ ގޯސް ދުވަސްވަރު މެލޭޝިޔާގެ ބޮޑުވަޒީރުކަމުގައި ހުންނެވީ މުހިއްދީނެވެ.

މި ދައުވާ އުފުލާފައިވަނީ ކޮވިޑްގެ ލޮކްޑައުންގައި ކޮންޓްރެކްޓަރުންނަށް އިމާރާތްކުރުމަށް އެހީތެރިވުމަށް އޭރުގެ ސަރުކާރުން ތައާރަފްކުރި ސަރުކާރު ސަޕޯޓް ޕްރޮގްރާމަކާއި ގުޅުވައެވެ.

އޭނާގެ މައްޗަށް 232.5 މިލިއަން ރިންގިޓް (51.40 މިލިއަން ޑޮލަރު) ހިމެނޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ހަތަރު ދައުވާ އާއި 195 މިލިއަން ރިންގިޓް (41.13 މިލިއަން ޑޮލަރު)ގެ މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލާފައިވެއެވެ. 

އޭނާ އަކީ 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބު ރައްޒާޤަށް ފަހު ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ ކުރީގެ ދެވަނަ ލީޑަރެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާގެ އެކައުންޓް ވަނީ ޖެނުއަރީ މަހުން ފެށިގެން ހިފަހައްޓާފައެވެ.

2021 ވަނަ އަހަރު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މުހިއްދީންގެ އަތުން ބޮޑުވަޒީރުކަމުގެ މަގާމު ގެއްލުނެވެ. އޭގެ ފަހުން ނޮވެމްބަރު މަހު އޮތް އިންތިޚާބުގައި އަންވަރު އިބްރާހިމާއި ވާދަކުރައްވާ އޭނާއަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނެވެ. 

އަންވަރު ވަނީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވައުދުވެ، ކޮވިޑް-19 ފެތުރެމުންދިޔަ ދުވަސްވަރު ސަރުކާރުން ހިންގި ރިލީފް ޕްރޮގްރާމްތައް ރިވިއުކުރުމަށް އަމުރުކޮށްފަވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *