އިސްލާމިކް ޔުނިވާސިޓީގައި ބާއްވާ އެމްއައިބީ އައިފެމް (މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް) އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އެ ޔުނިވަސިޓީން ހުޅުވާލައިފިއެވެ.

އައިޔޫއެމްއިން ބުނީ މި އެގްޒިބިޝަން އޮންނާނީ އެ ޔުނިވަސިޓީގެ ހޯލުގައި، މާދަމާ ހެނދުނު 10:30 އިން ފެށިގެން ހަވީރު 6:00 އާއި ހަމައަށް ކަމަށެވެ.

އެގަޑިތަކުގެ ތެރޭގައި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހުށަހަޅާ އުމްރާ ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުން ކަމަށް އެ ޔުނިވަސިޓީން ބުނެއެވެ.

އައިޔޫއެމް އިން ބުނީ މިއީ އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒިބިޝަން ކަމަށެވެ.

މި އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުމެވެ.

މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ހިމެނެއެވެ.

މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯލްކް އިން އިންޓަވިއުވެސް ކުރާގޮތަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ދެ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ޚާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާއި ބެހޭ ކުއިޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމްލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ކުއްލިއްޔާ އޮފް މެނޭޖްމެންޓް އެންޑް އިކޮނަމިކް ސްޓަޑީޒް އެފްބީ ޕޭޖްގައި ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *