ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ ބަޔަކު ފުރަން ދަނީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބޭ ހައްޖު ކޯޓާގެ ފަހެއް އިންސައްތަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޚާއްސަ ކުރުމަށް ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ސަރުކާރުން އެ ކުންފުންޏަށްދޭ ހައްޖު ކޯޓާގެ ތެރެއިން 5 އިންސައްތަ ޚާއްސަކުރާނީ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުންގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންނަށްކަމަށެވެ.

އަދި އެމީހުންނަކީ މިހާތަނަށް ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ވާންޖެހޭކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މި ޖާގަތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އެކަމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާފައެވެ. މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ހާއްސަ ކުރާ ކޯޓާއަށް ހުށަހެޅޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށްކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި އަހަރަށް ރާއްޖެއަށް ވަނީ 1000 ކޯޓާ ދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *