ބާޒާރުމަތީގައި ބިސް ވިއްކަނީ - ފޮޓޯ: މިހާރު

ކުރިއަށް އޮތް ރޯދަމަހު، ބާޒާރުގައި ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) މެދުވެރިކޮށް ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރޯދަ މަހު މުދާ ހުސްވިޔަނުދިނުމަށް ޑިމާންޑް އެންޑް ސަޕްލައިއަށް ބަލައިގެން ޖުމްލަ 6 ޝިޕްމަންޓެއް ގެނައުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އޭގެ ފުރުތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ގެނެވިފައިވާކަމަށާ އޭގެތެރެއިން ބައެއް ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވެސް ވިއްކަން ފަށާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.  އަދި މުދާތައް ވިހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް އެސްޓީއޯއިން ހަމަޖައްސަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ މުދާ ތަންކޮޅެއް ފަސޭހައިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމްކުރެވޭ ފިހާރަތަކުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، ރޯދައަށް ގެންނަ މުދާ، ޕޯޓުގައި ތާށިވިޔަނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *