ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ފައިލް ފޮޓޯ: ޖަޒީރާ / އަހުމަދު ޝުރާއު

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްޓަކައި ހައި ކޯޓުން އެމައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާކުރިކަމުގެ ކުށުގައި ޔާމީން  11 އަހަރަށް ޖަލަށް ލާން އިއްވި ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން އެ ކަން އަންގައި ރައީސް ޔާމީންގެ ވަކީލުންނަށް ހައި ކޯޓުން މިއަދުގެ ވަގުތެއްގައި ވަނީ ސިޓީއެއް ފޮނުވާފައެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރުގެ މުއްދަތަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނުގެ ވަކީލުން އޮތީ އެހުކުމްތައް އިސްތިއުނާފަށް ހުށަނާޅައެވެ.

ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވިއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *