ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި، ކުރިން އެ މަގާމު ފުރުއްވަނިކޮށް އަވަހާރަވި މެމްބަރު އަލީ ރިޒާގެ ކޮއްކޮ އަލްއުސްތާޒު ހުސައިން ރިޒާ ވާދަކުރުމަށް ނިންމައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ.

ޕީޕީއެމް އިން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތެއް ހުރިނަމަ ފޯމް ހުށަހެޅުމަށް އެދި ފުރުސަތު ހުޅުވާލައިފައެވެ.

ޕީޕީއެމް އިން ބުނީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ހަމައެކަނި  މެމްބަރު ރިޒާގެ ކޮއްކޮ ކަމަށެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ރިޒާއަކީ ތިން ފަހަރަށް ގުރައިދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެ އެ ދާއިރާ ތަމްސީލު ކުރެއް ވި މެންބަރެކެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *