ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖާމަނީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ވިޒިޓް މޯލްޑިވްސްއިން އިންތިޒާމް ކުރި 'މޯލްޑިވިއަން އީވްނިން' އަށް ޒިޔާރަތް ކުރަވައިފިއެވެ.

"މޯލްޑިވިއަން އީވްނިންގ" އަށް ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.

މޯލްޑިވިއަން އީވްނިންގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީގެ ފަރާތުންބާލިންގެ އައިޓީބީ ފެއާގައި ބައިވެރިވެ ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން އިންތިޒާމްކުރި އިވެންޓެކެވެ.

މި އިވެންޓްގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑަިއގެންނެވިއެވެ.

މި އިވެންޓްގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"މޯލްޑިވިއަން އީވްނިންގައި" ރައީސްގެ އަރިހުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މި އިންޑަސްޓްރީގެ އިސްބޭފުޅުންވެސް ބައިވެރިވަޑައިގެންނެވިއެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *