ބްރެޒިލް އަންހެން މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރި 7.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ހަވާލުވި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ދެ ދިވެހިންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލި މީހާ އަކީ 24 ޑިސެމްބަރު 2022 ގައި ރާއްޖެ އައި ބްރެޒިލު މީހެއް އެތެރެކުރި 2 ކިލޯއަށްވުރެ ގިނަ ކޮކެއިން އާއި ހަވާލުވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ އެތަކެތި ގެނައި މީހާއާއި އެއްވެސް ވަރަކަށް މުއާމާލާތެއް އަދި މުވާސަލާތެއް އޭނާ ކުރިކަމަށް އެނގެން ނެތުމުން ކަމަށް ބުނެއެވެ.

އަދި އެމީހަ ބަންދުގައި ބަހައްޓަން ޖެހޭ ކަމުގެ އިތުރު ހެކި ފުލުހުން ހުށަހަޅާފަްި ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *