ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ރައީސް މުހައްމަދު ނަޝީދު ލަފާދެއްވައިފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައި ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ރައީސް ނަޝީދު ވަނީ ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އަދި ރާއްޖޭގެ ތާރީހުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރާއި މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އޮތް މިންވަރަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ އެކަމާއިމެދު އެންމެންވެސް ވިސްނާކަމެއްކަމަށެވެ.

މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނޫ އަސާސީއަށް އިސްލާހު ގެނައުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ"

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މެމްބަރުން ތަމްސީލްވާއިރު އަންހެނުންނަށް ޚާއްސަ ފަހިކަމެއް ހޯދައިދޭން މަސައްކަތް ކުރުމަކީ މިއަދު އެންމެންވެސް އަޒުމް ކަނަޑައަޅަންޖެހޭ ކަމެކެވެ.

މަޖިލީހުގައި މިވަގުތު 87 މެމްބަރުންގެ ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ 4 އަންހެން މެމްބަރުންނެވެ. އެއީ މަޖިލީހުގެ ނާއިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *