ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ސަރުކާރުގެ ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުލުހުންގެ ގާނުނަށް ހުށަހެޅި އިސްލާހުގައި ވަނީ ފުލުހުންގެ ގާނޫނުގައި ލާޒިމްކުރާ ތައުލީމީ ސަނަދު ހާސިލްކުރުމަށް ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާތީ، އެމުއްދަތުގެ ތެރޭގައި ތަހުގީގުކުރާ އެންމެހައި ފުލުހުންނަށް އެފެންވަރުގެ ސަނަދެއް ހާސިލްކޮށް ނިންމިދާނެކަމަށް ނުފެންނާތީ މިހާތަނަށް އެފަދަ ސަނަދެއް ހާސިލްކޮށްފައިނުވާ ތަހްގީގްކުރާ ފުލުހުންނަށް އެފުރުސަތު ދިނުމަށްޓަކައި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށެވެ.

އެގޮތުން ތަހްގީގްކުރުމުގެ ހުއްދަ ދެވޭ ކޮންމެ މީހަކީ ތަހްގީގްކުރުމާއި ގުޅުންހުރި ދާއިރާއެއްކަމަށް ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހޭކަމަށް އޮތްއިރު، 27 މާޗް 2024ގެ ނިޔަލަށް ބެކްގްރައުންޑް ޗެކް ހެދުމަށް ގާނޫނުގައި އޮތް މާއްދާއަށް އަމަލުކުރުން ފަސްކުރެވިދާނެކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އިސްލާހަށް ފާޑު ވިދާޅުވެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ އިސްލާހު ވަރަށް ބޮޑަށް ދިރާސާކުރެއްވުމަށްފަހު ވާހަކަފުޅުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އިސްލާހު ކިޔާލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ގާނޫނުގައި އޮތީ ބެކްގްރައުންޑް ޗެކް ހަދަންޖެހޭނޭ، އިސްލާހުގައި މިއޮތީ ގާތްގަނޑަކަށް ނުކުރިޔަސް ހެވޭ، އިޚްތިޔާރީ ކަމަކަށް ވެގެން މިދަނީ"

ދެ މާއްދާއެއް އިސްލާހުކުރުމަށް ބިލު ގައި އޮތްއިރު ރައީސް ނަޝީދު ފާހަގަކުރެއްވީ، އެއް މާއްދާއެއްގައި ކުރީގައި ބުނެފައި އޮތް ކަންތައް އަދި ވާން ނެތްކަމާއި ދެވަނަ މާއްދާގައި ބެކްގްރައުންޑް ޗެކް ނުހެދިޔަސް އެންމެ ރަނގަޅުކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އިސްލާހަށް ބަހުސްކުރައްވަމުންގެންދަވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ މިއީ ނުރައްކާތެރި އިސްލާހެއްގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ. ފުލުހުންގެ ޚިދުމަތަކީ އާދައިގެ އޮފީހެއްގައި އަމަލުކުރާ އުސޫލުތަކަށް އަމަލުކުރާ ތަނަކަށްވެގެން ނުވާނެ ކަމަށާއި މިއީ އިންތިޚާބާއި ދިމާކޮށް ވަޒީފާ އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް މެމްބަރުން ސިފަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *