ހަ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީން ހުޅުވާލާފައިވަނީ ށ. ބ. ވ. މ. ނ. އަދި ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތިލުމަށެވެ.
މިކަމަށް އެދި އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ހުށަހެޅޭނެއެވެ.
މިމަގާމަށް ކުރިމަތިލާ މީހަކީ އެ އަތޮޅެއްގެ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެކަމަށް ޖޭއެސްސީން ބުނެއެވެ.
އިސް މެޖިސްޓްރޭޓެއްގެ އަސާސީ މުސާރައަކީ 23،150 ރުފިޔާއެވެ. މީގެ އިތުރަށް އެހެނިހެން އެލަވަންސްވެސް އެމީހަކަށް ލިބިގެންދާނެއެވެ.