ރާއްޖޭގެ މަސްދޯންޏަކުން ދޮށި މަސްވެރިކަން ކުރަނީ. ފޮޓޯ: ޒުވާން މަސްވެރިޔާ

ދެކުނުގެ 3 އަތޮޅުގައި ވަދު، ކަނދުފަތި އަޅާ ނިމިއްޖެއެވެ.

މިޕްރޮގްރާމް ރަސްމީކޮށް ފަށައި އެންމެ ފުރަތަމަ ވަދު، ކަނދުފަތި އަޅާފައިވަނީ ގއ، ޏ އަދި ސ އަތޮޅުގައެވެ.

މިއީ 2021 ވަނަ އަހަރު މިފަދަ މަސްވެރިކަމަށް ޚާއްސަކޮށްގެން ފަރުމާކޮށް، ގާއިމްކޮށްފައިވާ ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލު ގެނެސްގެން ގާއިމްކުރާ ކަނދުފަތިތަކެކެވެ.

މިއީ މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް އައު ފުރުސަތުތަކެއް ހޯދައިދިނުމަށް އަދި މިމަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދައިދިނުމަށް އައު ދޮރެއް ހުޅުވައިދޭނެކަމެއްކަމަށް މިނިސްޓްރީ އޮފް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެއެވެ.

1 މާޗްއިން 12 މާޗްއަށް މިނިސްޓްރީން މިމަސައްކަތުގައި ހަރަކާކްތެރިވާނެއެވެ. މިމަސައްކަތުގައި 4 ވަދު ކަނދުފަތި އަދި ދޮށީގެ މަސްވެރިކަމަށް ޚާއްސަ 1 ކަނދުފަތި ގާއިމްކުރާނެއެވެ.

މިނިސްޓްރީން ގާއިމްކުރާ ކަނދުފަތިތަކުގެ ތަފްސީލް

މިކަމުގެ ސަބަބުން ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ދެކެއެވެ.

ވަދު ކަނދުފަތި ފަރުމާކޮށްފައިވާނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުއެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

މިއީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ގާއިމްކުރާ ވަދު ނަނުގެ އަދި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ކަނދުފަތިތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *