ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ހައިކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ސިޔާމާމަންޒިލް، އއ.ފެރިދޫ، އަޙްމަދު ޝަކީލްކަމަށެވެ.

އަދި އިއްޔެ ބޭއްވި ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުން އޮންނާނީ މި މަހުގެ 13 ގަ އެވެ.

ކްރިމިނަލް ކޯޓަށް ވެސް ތިން ފަނޑިޔާރަކު އައްޔަންކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެގޮތުން ކޯޓަށް އަލަށް އައްޔަން ކުރަން ނިންމީ އައްޑޫ މަރަދޫ، އެށެވެލި އިބްރާހީމް އިޙްސާނާއި ގއ. ނިލަންދޫ، ބިއްލޫރިޖެހިގޭ، އިބްރާހީމް ޒިހުނީގެ އިތުރުން ރ.ރަސްގެތީމު، ގުލާބީގޭ އާމިނަތު އަޒްލިފާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *