ސައުދީން ހަދިޔާކުރި އިފްތާރް ޕެކޭޖާ ރާއްޖެއިން ހަވާލުވަނީ --ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ރަމަޟާން މަހުވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރަން ސައުދި އަރަބިއްޔާއިން ނިންމައިފިއެވެ.

ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކުރަން ނިންމިކަން  ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަދުރުތައް ލިބުމުން ކަދުރުތައް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެ ކަމަށް ސައޫދީ ސަރުކާރުން ވަނީ އަންގަވާފައި. މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،"

ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާ ކުރަމުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން ހަދިޔާ ކުރާ ކަދުރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވެނީ ރަމަޞާންމަހު ފެށޭ ހިސާބުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންނަށްކަމަށާ އެއަށްފަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *