އަވާނީ + ފަރެސް މޯލްޑިވްސް

ބ. ފަރެސްގައި ހަދަ ރިސޯޓް ކުރިޔަށް އޮތް އޭޕްރީލް މަހު ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ބ. އަތޮޅުގައި ތަރައްޤީކުރާ 70 މިލިއަން ޑޮލަރުގެ  އަގުހުރި މި ރިސޯޓަކީ  178 ކޮޓަރީގެ ރިސޯޓެކެވެ.

އޭޕްރީލް 1 ވަނަ ދުވަހު ފަރެސް ހުޅުވުމަށް ނިންމާފައިވާއިރު ވިލާތައް 439 ޑޮލަރުން ފެށިގެން އެކި އަގުގައި ޕްރީ އޯޕެނިންގ ބުކިންގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކިޑްސް ކްލަބާއި ސްޕާ އާއި ވޯޓާރ ސްޕޯޓްގެ ހިދުމަތާއި އެކު ތަރައްޤީކުރާ މި ރިސޯޓް ތަރައްޤީ ކުރަމުން އަންނަނީ އަވާނީ ހޮޓެލްސް އިންނެވެ.

އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި 176 ސުޓޫޑިއޯ އާއި ބީޗް ބިލާތަކާއި އޯވާ ވޯޓާ ވިލާތަކާއި ޕެވިލިއަންސްވެސް ހުންނާނެއެވެ.

މި ރިސޯޓަކީ ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނިޓުން ދެވޭހާ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ. އަދި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުން ލޯންޗުގައި 35 މިނިޓުން މި ރިސޯޓަށް ދެވޭނެއެވެ.

އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް އަކީ ރާއްޖޭގައި ރިސޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑްގެ މައި ކުންފުނި ކަމުގައި ތައިލޭންގެ މައިނަރ ހޮޓެލްސް ބްރޭންޑެކެވެ.

ތައިލޭންޑްގެ މައިނާރ ހޮޓެލްސް އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަވާނީ ބްރޭންޑްގެ ރިސޯޓްތައް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *