ޑރ. މުނައްވަރު

ކުރީގެ އެޓާނީ ޖެނެރަލް އަދި އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޑރ. މުހައްމަދު މުނައްވަރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.

ޑރ މުނައްވަރު މިފަދަ އިޝާރާތެއް ކުރެއްވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓްގެ ނަމުގައި ކުރީން ޕާޓީއެއް ވެސް ހެއްދެވި މުނައްވަރު ކުރައްވާފައިވާ ޓްވިޓްގައި ހިމެނެނީ "2023 ޑރ. މުނައްވަރު" ޖަހާފައިވާ އާދައިގެ ގޮތަކަށް ފެންނަ ޕޯސްޓަރެކެވެ. އިތުރު އެއްވެސް އެއްޗެއް ލިޔުއްވާފައެއް ވެސް ނެތެވެ.

އެހެންނަމަވެސް މިކަމާ ބެހޭގޮތުން ރާއްޖޭގެ އޮންލައިން ނޫހަކަށް އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެއްވެސް ޕާޓީއަކާ ނުގުޅި އަމިއްލަ ގޮތުން ކަމަށާ ޕާޓީތަކުން ކޯލިޝަންތައް ހަދައިގެން އަމިއްލަ މަންފާ އާއި ފައިދާ ކުރިއަށް ނެރުމުގެ ނަތީޖާ ފެންނަން އޮތީ ވަރަށް ހިތިކޮށް ކަމަށެވެ.

ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު އެމަނިކުފާނު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *