ޚަބަރުރިޕޯޓް

އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވާ 3 ސަބަބު!

އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމަކީ އަދުގެ ޒުވާން ޖީލަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އިންސާނާ ދުނިޔޭގެ ދިރިއުޅުމުގެ ދުވަސްތައް  ގުނަމުންދާއިރު، އެކި ވަރުގެ އެކި އެކި ކަންކަމާއި ދިމާވާނެއެވެ. އެއްވެސް މީހަކީ ތާ އަބަދު ހިތްހަމަޖެހިގެން އުފަލުގައި އުޅޭނެ މީހެއް ނޫނެވެ. ބައެއް ދުވަސްތައް އުފާވެރިވެފައި ބައެއް ދުވަސްތައް މާޔޫސްކަމުގެ ތެރެއަށް ތިބާ ގަންބާލަފާނެއެވެ.

އެހެންކަމުން ބައެއް ދުވަސްދުވަހު މީހުންގެ ތެރެޔަށް ނިކުމެ އުޅެން ބޭނުމެއް ނުވާނެއެވެ. އަމިއްލަ  ނަފްސަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެވޭނެއެވެ.

އެގޮތަށް ކަންތައް ވާނަމަ އެއީ ކީއްވެގެން ވާކަމެއް ކަން  އެނގުމަކީ މުހިންމު ކަމެކެވެ. މި ލިޔުމުގައި ބަލާލާފައިވާނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވުމަށް މެދުވެރިވާ 3 ސަބަބެވެ.

ހިތި މާޒީއެއް އޮތުން

މާޒީއަކީ ބައެއް މީހުންނަށް ވަރަށް ފޮނި އުފާވެރި ހަނދާންތަކެކެވެ. އެހެންނަމަވެސް އަނެއްބައި މީހުންނަށް  މާޒީއަކީ ހިތްދަތި އަދި ވަރަށް ހިތި ހަނދާތަކެކެވެ.

އެގޮތުން މާޒީގައި ނާކާމިޔާބީތަކާއި ކުރިމަތިވެފައިވާނަމަ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެއެވެ. ކުރިން ދިމާވެފައިވާ ހާދިސާތަކުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ އާކަންކަމާއި ކުރިމަތިލާއިރު، އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވި ތިމާއަށް އެއްވެސް ކަމެއް ނުވާނޭ ހިތަށް އަރައެވެ.

އެހެން މީހުންނާއި އަމިއްލަ ނަފްސާއި އަޅާ ކިޔުން

އެހެން މީހުންނަށްވުރެ ތިބާއަކީ ދަށް މީހެކޭ ހިތަށް އަރާ، އަމިއްލަ ނަފްސު ވަރަށް ގިނަ ފަހަރަށް ދަށްކޮށްލެވެއެވެ. އެއީ ވަރަށް ގިނަ މީހުންނަށް ކުރެވޭ ވަރަށް ނުރަނގަޅު ކަމެކެވެ. އެހެންމީހުންގެ ކުރިމަތީގައި ތިމާ އަކީ އެއްވެސް އަގެއް ނެތް ބޭކާރު މީހެއްގެ ގޮތުގައި ދެކޭނަމަ، އަމިއްލަ ނަފްސަކަށް އިތުބާރެއް ނުކުރެވޭނެ އެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ކެރިގެން ކުރިމައްޗެއް ނުލެވޭނެއެވެ.

ހިތްވަރުދޭނެ މީހަކު ނެތުން

އިންސާނުންނަކީ ކުށްކުރެވޭނެ ބައެކެވެ. އަހަރެމެންނަށް ގޯސްކޮށް ކަމެއް ކުރެވި، ނާކާމިޔާބީއާއި ކުރިމަތިވާ  ވަގުތުތަކުގައި ހިތްވަރުދޭނެ މީހަކު ބޭނުންވާނެ އެވެ. ތިމާއަކީ ކަންކަން ކުރުމުގެ ގާބިލުކަން ހުންނަ މީހެއްކަން ބުނެދޭނެ މީހަކު ހުންނަން ބޭނުންވާނެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދޭނެ އެކުވެރިއެއް ބޭނުންވާނެއެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %