އަންހެން ލީގުގެ މެޗުތައް މިރޭ ފަށާނެ

އިންޑިއަން ޕްރިމިއަރ ކްރިކެޓް ލީގުގެ އަންހެން މެޗުތައް މިރޭ ފަށާނެ އެވެ.

މިލީގުގެ މެޗުތައް އައިސް ޓީވީން ދައްކާނެ ކަމަށް މީޑިޔާނެޓުން ބުނެއެވެ.

ލީގުގެ ފުރަތަމަ މެޗު ފަށާނީ މިރޭ 19:00 ގައެވެ. މިމެޗުގައި ބައްދަލުކުރާނީ ގުޖުރާތީ ޖަޔަންޓްސް އަދި މުމްބާއި އިންޑިޔަންސްއެވެ.

https://youtu.be/lordaCP5h08

އިންޑިއަން ޕްރިމިއަރ ލީގު ނުވަތަ އައި.ޕީ.އެލްގެ އަންހެން އަދި ފިރިހެން މުބާރާތް މި މާޗް މަހު އައިސް ޓީވީން ދައްކާނެއެވެ.

2008 ވަނަ އަހަރު ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީ.ސީ.ސީ.އައި) އިން އިސްނަގައިގެން އިފްތިތާޙްކުރި އިންޑިއަން ޕްރިމިއަރ ލީގް އަކީ ކްރިކެޓްގެ ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތްކަމީ ޝައްކެއްނެތް ކަމެކެވެ. މިހާތަނަށް މި މުބާރާތް 15 އަހަރު ބޭއްވުނުއިރު، 2023 ވަނަ އަހަރަކީ މި މުބާރާތް އައު ހަރުފަތަކަށް ގެންދިއުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ނިންމާފައިވާ އަހަރެކެވެ. އެގޮތުން ފުރަތަމަ ފަހަރަށް މި އަހަރު އަންހެނުންގެ އައި.ޕީ.އެލް މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

04 މާރޗް އިން 26 މާރޗް އަށް ކުޅެވޭ ވިމެންސް އައި.ޕީ.އެލްގައި 05 ޓީމެއް ވާދަކުރާނެއެވެ. އެއީ ފިރިހެނުންގެ އައި.ޕީ.އެލްގައި ވާދަކުރާ ފްރެންޗައިޒް ޓީމުތަށް ކަމަށްވާ ގުޖުރާތު ޖަޔަންޓްސް، މުމްބާއީ އިންޑިއަންސް، ރޯޔަލް ޗެލެންޖަރސް ބެންގަލޯރ، ޑެލީ ކެޕިޓަލްސްގެ އިތުރުން ހަމައެކަނި އަންހެން ބައިގައި ވާދަކުރާ ޔޫ.ޕީ ވޮރިއާރޒް ޓީމެވެ.

މި މުބާރާތަށް ޓީމުތައް އެކުލަވާލުމުގެ ގޮތުން ބޭއްވުނު އޯކްޝަން، ފެބްރުއަރީ 13 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ދުނިޔޭގައި ނަން މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިން ބޮޑު އަގުގައި އެކި ޓީމުތަކަށް ވަނީ ގެންގޮއްސައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *