ދިވެހި ސަރުކާރުން އިންސާނީ އެހީގެ ގޮތުގައި ތުރުކީއަށް ހަދިޔާ ކުރާ 500،000 ދަޅު މަހުގެ ފުރަތަމަ ބެޗް މިއަދު ފޮނުވާލައިފިއެވެ.

މިއީ 6 ފެބްރުއަރީގައި ތުރުކީ އާއި ސީރިއާއަށް އައި ނުރައްކާތެރި ބިންހެލުމާއި ގުޅިގެން ތުރުކީގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމާއި ރިލީފް އެހީ ފޯރުކޮށްދިނުމަށް 10 ފެބްރުއަރީ 2023 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އިންސާނީ އެހީ ހަވާލުކޮށްދެއްވީ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފެވެ.

މި އެހީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތުރުކީއަށް ފޮނުވާލީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ރާއްޖޭގައި ހުންނަ އޮނަރަރީ ކޮންސިއުލޭޓް އޮފް ދަ ރިޕަބްލިކް އޮފް ތުރުކީގެ އޮފިޝަލުންނެވެ.

މި އެހީ ތުރުކީ އެއާލައިންސް އިން 5 ބެޗަކަށް ބަހާލައިގެން އެއާލިފްޓް ކުރަމުންދާއިރު، މި އެހީ 10 މާޗް 2023 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *