މަސައްކަތުގެ މާހައުލަކީ ހާއްސަކަން ނެތް ނުވަތަ ސްޓްރެސް ފްރީ ތަކަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފިއެވެ.

މެޑަމް ފަޒްނާ މިކަމަށް ގޮވާލެއްވީ މިއަދު 3 ވަނަ އެޗްއާރް ކޮންވެންޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފަޒްނާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެ ގޮންޖެހުންތައް ނައްތާލަދީ، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ސްޓްރެސް ފްރީ ތަނަކަށް ހަދައިދޭން ޖެހޭ ކަމަށެވެ.

މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ތަނަކަށް ހެދުން މުހިންމު ކަމަށްވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މުވައްޒަފުންގެ ޝަކުވާތައް އަޑު އަހަންޖެހޭ ކަމަށާއި މުވައްޒަފުންނަށް ފަސޭހަކަމާއި އެކު މަސައްކަތް ކުރެވޭނެ މާހައުލަކަށް ވަޒީފާގެ މާހައުލުވާން ޖެހޭ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

އަދި އަންހެނުންނަށް ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުމަށް ލިބުމުގެ ހުރަހަކަށް ވިހެއުމުން ލިބޭ ޗުއްޓީ އާއި އާއިލީ ޒިންމާގެ ޗުއްޓީތައް ވެގެން ނުވާނެ ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *