މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު  އިންޑިއާގެ މިނސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވުނު މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި ދެޤައުމުގެ މެދުގައި ޤަވައިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޖަޔަޝަންކަރުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެޤައުމުގެ އިޤްތިޞާދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖަޔަޝަންކަރު ވަނީ ދެޤައުމުން ވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިނިސްޓަރ ޝާހިދު މިހާރު ގެންދަވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *