ފޭސް 2ގެ ބާބަކިޔު އޭރިއާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާބަކިއު އޭރިއާއެއް ގާއިމުކޮށްފިއެވެ.

މިސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެޗްޑީސީގެ ފަރާތުން ވަނީ ބާއްވާފައެވެ.

ފޭސް 2ގެ ބާބަކިޔު އޭރިއާ

މިއަދު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީ ތަކުގެ އިން ބޭފުޅުންނާއި, އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަގުނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްޤީ ގެނައުމަކީ އެޗްޑީސީގެ އަމާޒެއްކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުވެގެން ދިއުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފަސޭހަކަމެއްކަމުގައި އެކޯޕަރޭޝަނުން ދެކެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *