އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެތެރެއިން. ފޮޓޯ/ އާރްޑީސީ

އަމީނީ މަގުގެ 5 ވަނަ ސެގްމެންޓުގެ މަސައްކަތް ފަށައިފިއެވެ.

ރޯޑު ޑިވޮލޮޕްމެންޓް ކޯޕަރޭޝަން( އާރުޑީސީ) އިން ބުނެފައިވަނީ  އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ  ދަށުންމަގުގެ 5 ވަނަ ސެގްމެންޓުގެ މަސައްކަތް މިހާާރު  ފަށާފައިވާ ކަމަށެވެ.

މީގެއިތުރުން، 5 ވަނަ ސެގްމަންޓުގައި ހިމެނެނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށް ކަމަށާއި، އެ ޒޯންގެ މަސައްކަތުގެ ދަށުން ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތެއް ނިންމާ ރޯދައިގެ ކުރިން މަގު ޢާއްމުންނަށް ހުޅުވާލުމަށް ޕްލޭންކޮށްފައިވާ ކަމަށްވެސް އެ  ކުންފުނިން ބުންޏެވެ.

މީގެއިތުރުން، ސެގްމެންޓް 5 ގައި ތާރުއެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާއި ހަވާލުކުރުމަށް ނިންމާފައި ނުވާކަމަށާއި އެކަމުގައި ވަކިގޮތެއް އަންގާނީ ޕްލޭނިންގ މިނިސްޓްރީން ކަމަށް އާރްޑީސީން ބުންޏެވެ.

އަމީނީ މަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން  ކުރިއަށް ގެންދާއިރު، އާރުޑީސީ އިން މިހާރު ވަނީ ފުރަތަމަ 4 ސެގްމެންޓްގެ މަސައްކަތް ނިންމާލައިފިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *