ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން

ބައެއް ސުކޫލުތަކަށް މުސާރަ ދިނުން ލަސްވަނީ ނުބައިކޮށް  ސެލެރީ ޝީޓް ހަދާފައި ފޮނުވާފައި ހުރުމުން ކަމަށް އެޑިއުކޭޝަން  މިނިސްޓްރީ އިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އެފަދައިން ބުނެފައިވަނީ އުތުރުގެ ބައެއް އަތޮޅުތަކުގެ ސުކޫލުތަކަށް ނިމިދިޔަ ފެބްރުއަރީ މަހުގެ މުސާރަ ނުދެވި ލަސްވެގެން ދިޔުމާއި ގުޅިގެން  ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި މިނިސްޓްރީ އިން ބުނެފައިވަނީ،ބަޖެޓް ވަކި ނުކުރާ ސްކޫލުތަކުގެ މުސާރަ ސެޕް ސިސްޓަމް ތެރެއިން ކުރުމަށް ފާއިތުވީ މަހުވަނީ ފަށާފައި ކަމަށާއި، އަދި  އެގޮތަށް މުސާރަ ތައްޔާރު ކުރާނެގޮތުގެ މައުލޫމާތު ސްކޫލްތަކުގެ ބަޖެޓް ހަދާ މުވައްޒަފުންނާ ހިއްސާކުރެވުނު ކަމަށެވެ.

އެހެންނަަމަވެސް، ބައެއް ސްކޫލުތަކުން ސެލަރީ ޝީޓް ރަނގަޅަށް ހަދާފައިނުވާތީ އާއި ބަންޑޭރި ޕޯޓަލް އަޕްޑޭޓްކޮށްފައިނުވާތީ،  އެ މަސައްކަތް ވަނީ ވަރަށް ލަސްވެފައި  ކަން ފާހަގަކުރަމުން މިނިސްޓްރީ އިން ބުނީ، މުސާރަ ލައިވް ކުރުމުގެ މަސައްކަތަކީ ޒޯންގައި ހިމެނޭ ހުރިހާ ސްކޫލަކަށް އެއްކޮށް ކުރެވޭ ކަމަކަށް ވާތީ އެއް ސްކޫލްގެ ޝީޓް ލަސްވިއަސް މުޅި ޒޯންގައި ހިމެނޭ ހުރިހާ ރަށެއްގެ މުސާރަ ލަސްވެގެން ދާނެ  ކަމަށެވެ.

އެހެންކަމުން، އެ ސަބަބުތަކާއި ހުރެ ނޮދަން ސެންޓަރަލްގެ އަދި ނޮދަން ޒޯން ތަކުގެ ބަޖެޓް ވަކި ނުކުރާ ސްކޫލުތަކުގެ މުސާރަ ޖަމާވުން މިމަހު ލަސްވެފައިވާ ކަމަށް އެޑިއުކޭޝަން  މިނިސްޓްރީ އިން ބުންޏެވެ.

މައްސަލަ ހުރި ސެލެރީ ޝީޓްތައް އިސްލާހު ކުރުމުގެ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓްރީގެ އެޗް.އާރ ސެކްޝަންއިން ކުރަމުންދާ ކަމަށާއި، މިހާތަނަށް މިދިޔަ  މަހުގެ މުސާރަ ނުލިބޭ ސުކޫލުތަކުގެ މުވައްޒަފުންނަށް އަންނަ  އާދިއްތަ ދުވަހު މުސާރަ ޖަމާކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަން  މިނިސްޓްރީ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *