ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ތ. ހިރިލަންދޫއަށް ވަޑައިގެންނެވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދުއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

ރަށުގެ ރައްޔިތުން ވަނީ ރައީސްއަށް މަރުހަބާ ދެއްނެވުމުގެ ގޮތުން ސަރުކާރުން ކޮށްދެއްވާ ކަންކަމަށް ޝުކުރު އަދާކޮށް ލަވައެއް ހުށަހަޅާދީފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފެނަކައިގެ އައު އޮފީސް އިމާރާތް ހުޅުއްވާ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫގައި އިތުރަށް ކުރަން ހުރި ކަންކަން އޮޅުން ފިލުވުމަށް މިއަދު ރަށުގެ ރައްޔިތުންގެ ހިޔާލުތައް އަޑު އައްސަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިރިލަންދޫއަށް 2018 ވަނަ އަހަރު ވަޑައިގެންނެވިއިރު އޭރުގެ ވާދަވެރި ރިޔާސީ ކެންޑިޑޭޓަށް ފެނިވަޑައިނުގެންނެވި އެތައްކަމެއް އެމަނިކުފާނު ދެކެވަޑައިގެންނެވިކަމަށެވެ. އެގޮތުން އެރަށުގައި ފައިބަރު މަސައްކަތް ކުރާތަނާއި މަސް ކައްކާތައް އެއީ އެއް ސަރަހައްދެއް ކަމަށް ފާހަގަ ކުރައްވާ، އެކަމުގައި ހުރި ނުރައްކާތެރިކަމަށް އިޝާރާތް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރަށްރަށުގައި ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދަވަނީ ފްލޭން ކުރައްވައިގެން ކަމަށެވެ. ތަރައްޤީގެ ކަންކަން ކުރަނީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބަށް ނޫން ކަމަށް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި ކަންކަން ކުރަނީ ރިޔާސީ އިންތިހާބާއި އެނޫންވެސް އިންތިހާބުތައް ކާމިޔާބުވާނެ ގޮތްގޮތަށް ބައްލަވައިގެން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އިންތިހާބަކީ އެންމެ މުހިންމު އިސްކަންދޭ ކަންތައް ކަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަށް އެންމެ މުހިންމީ ރަށްރަށުގެ ތަރައްޤީ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ޔޫތް މިނިސްޓަރ، އިކޮނޮމިކް މިނިސްޓަރ، ޕްލޭނިން މިނިސްޓަރ، އެޑިއުކޭޝަން މިނިސްޓަރ އަދި ދާއިރާގެ މަޖިލީސް މެންބަރުވެސް ބައިވެރިވަޑައިގަންނަވައެވެ.

ރައީސް ހިރިލަންދޫއަށް ވަޑައިގެންނެވި އެރަށު ސުކޫލުގެ 71 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *