ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. ހިރިލަންދޫގައި އިމާރާތްކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް ހުޅުއްވާދެއްވައިފިއެވެ.

އެ އޮފީސް ހުޅުއްވާދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވި ތަރައްޤީ ވާނީ ވަސީލަތްތައް ޤާއިމު ކުރެވިގެން ކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގައި އިންޖީނުގެތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެނަކައިން ކުރިޔަށް ގެންދަނީ ކުރިޔަށް އޮތް 40-50 ހަކަށް އަހަރުގެ ތެރޭގައި މާ ބޮޑު ބަދަލުތަކެއް ނުގެނެސް އެހިދުމަތް ދެވޭ ގޮތަށް ޕްލޭން ކުރެވިގެން ކުރިޔަށް ގެންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫ ފެނަކަ އޮފީސް ހުޅުއްވާ ދެއްވުން - ފޮޓޯ: ރައީސް އޮފީސް

އަދި މަސައްކަތް ރާވާ ކުރިޔަށް މި ގެންދަނީ ރިޔާސީ އިންތިހާބު ނުވަތަ މަޖިލީހުގެ އިންތިހާބު އެއީ އެންމެ މުހިންމު ހިދުމަތް ކަމުގައި ދެކިގެން ނޫން ކަމަށާއި، ރާއްޖެ ތަރައްޤީ ކުރުން އެއީ އެންމެ އިސްކަންދެއްވާ ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ކަރަންޓްގެ ހިދުމަތަކަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ކަމަށާއި، ވަކިވަކި ފަރުދުންގެ ދިރިއުޅުމާއި އިގްތިސާދީ މަސައްކަތަށް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށެވެ. ގިނަ ރަށްރަށުގައި އެކަން އޮތީ ރައްޔިތުންނަށް ބޮޑު ވޭނަކަށް ވެފައެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ފްރިޖާއި ޓީވީ އާއި ދޮންނަ މެޝިންފަދަ ތަކެތި ހަލާކުވެދާނެ ކަމުގެ ބިރުގައި އޭރު ތިބެން ޖެހިފައި އޮތް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *