ތ. ހިރިލަންދޫ

ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓްމަހަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރެވޭވަރުވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފްލޭނިން މިނިސްޓްރީން ހިރިލަންދޫގެ ބިން ހިއްކުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 105.9 މިލިއަން ރުފިޔާއަށެވެ.

ގާތްގަނޑަކަށް 12 ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫއަކީ މަސްވެރި ރަށެކެވެ. ހިރިލަންދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ ހިލަ ބާޖުތައް މިމަހުގެތެރޭގައި އަންނާނެ ކަމަށާއި، ޖުލައިމަހުގެ ތެރޭގައި ބިން ހިއްކާ ބޭނުންވާ ޑްރެޖަރު ގެނެވޭނެ ކަމަށެވެ. އަދި ބިން ހިއްކާ ނިންމުމަށްފަހު ހިލަ ޖެހުމަށް ވަގުތު ނަގާނެތީ ފުރަތަމަ ކުރާނީ ހިލަޖެހުމުގެ މަސައްކަތް ކަމަށާއި އެއަށްފަހު ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އަދި މި މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީ ކުރެވިދާނެ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *