ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ތ. އަތޮޅަށް މި ފެއްޓެވި ދަތުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސްގެ މިދަތުރުފުޅުގައި އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިސަރުކާރުން އަތޮޅުތެރޭގެ ސުކޫލުތަކަށް ގެންނަ ތަރައްޤީގެ ތެރެއިން ތ. ހިރިލަންދޫ ސުކޫލު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަދެއެވެ.

އެގޮތުން ހިރިލަންދޫ ސުކޫލުގެ ތިން ބުރި އިމާރާތުގެ މަސައްކަތް ފަށާފައިވާއިރު މިއީ މިއަހަރު ނޮވެމްބަރު 1 ވަނަ ދުވަހަށް ނިންމުމަށް ހަމަޖައްސާފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ފައްޓާފައިވަނީ 4 ސެޕްޓެމްބަރު 2022 ގައެވެ. މި ޕްރޮޖެކްޓަށް 2023 ވަނަ އަހަރުގެ ބަޖެޓުން 1،564،080.00 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ވަނީ ސުކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޒަމާނީ ވަސީލަތްތައް ޤާއިމު ކުރުމަށް އަދި އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަށް ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި މި އަހަރުގެ ބަޖެޓްގައި ސުކޫލުތަކަށް ގިނަ މަޝްރޫއުތަކެއް ކަނޑައަޅާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *