ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

މިހާރު ކުރިއަށްދަނީ ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލުގައި ހޮސްޕިޓަލް އެޅުމަށް މިހާރު ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ވަނީ އައްސަވާފައެވެ.

ލިޔުމުން މަޖިލީހުގެ އިދާރާއަށް މިނިސްޓަރ ފޮނުއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިހާރުކުރިއަށް ދަނީ ހޮސްޕިޓަލް ޑިޒައިންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިޒައިންކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މެމްބަރު މުޣުނީ މީގެކުރިންވެސް ވަނީ ހޮސްޕިޓަލުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ތިނަދޫ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ކުވެއިތުން ފަންޑް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ އަތޮޅުތަކުން އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *