ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، (ސާފް)ގެ އަހަރީ އާންމު ބައްދަލުވުން މިއަދު ރާއްޖޭގައި ބާއްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ކްރޮސްރޯޑްސްގައެވެ. އެ ބައްދަލުކުރެއްވުމުގައި ވަނީ، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް، ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދު ބައިވެރިވަޑައިގަންފައެވެ.
މިއަދުގެ ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާއިދާ ގުޅޭ މުހިންމު ކަންކަން މަޝްވަރާކޮށް އަސާސީ ގަވާއިދު ފާސްކޮށްފައިވާ އިރު، ކުރިއަށް އޮތް ދައުރަށް ސާފްގެ ހިންގާ ބޯޑުގެ އިންތިހާބުވެސް ބޭއްވިއެވެ.
މިއީ ރާއްޖޭގައި ސާފްގެ އަހަރީ އާންމު ޖަލްސާ ބޭއްވި ތިންވަނަ ފަހަރެވެ. އެންމެ ފަހުން 2017 ވަނަ އަހަރު މި ޖަލްސާ ބޭއްވީ އައްޑޫ ސިޓީގައެވެ.