ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް

ޔޯގާ ހަރަކާތާއި ގުޅޭގޮތުން ކުރަން ނިންމި ސުވާލު އަނބުރާ ގެންގޮސްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެސުވާލުކުރުމަށް ހުށަހަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

މެމްބަރު ކުރެއްވުމަށް ހުށަހެޅި ސުވާލުގައި އޮތީ އިންޑިއަން ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުށުއަރާ ހަރަކާތަކަށް ވާތީ އާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ އިރު، އަދި އެތަކެއް ޒުވާނުންތަކެއް އެތަނުގައި މުޒާހަރާ ކުރާނެކަން އެނގި ހުރެ އެތަނަށް ބޭރުގެ ޑިޕްލޮމެޓުން ގެނައީ ކޮން ބޭނުމެއްގައިތޯ ސާފުކުރެއްވުމަށެވެ.

މިހަރަކާތަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ހިންގި ހަރަކާތެކެވެ. ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި ހުއްޓުވުމަށް ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވިއެވެ. އެމީހުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގައި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް ދައުވާ ކޮށްފައިވާއިރު ބައެއް މީހުން ތިބީ "ވާނުވާ" ބަންދެއްގައިކަމަށް އެމީހުންގެ އާއިލާއިންނާއި ރަހްމަތްތެރިންނާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *