އަންހެން ގައުމީ ވޯލީބޯޅަ ޓީމް ވަނީ ސިންގަޕޫރުއަތުން ބަލިވެފައި - ފޮޓޯ: ވީއޭއެމް/އެފްބީޕޭޖް

މިމުބާރަތަކީ މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތެވެ. ފައިނަލްގައި ރާއްޖެއިން ވާދަކުރީ މެލޭޝިއާ ބަލިކޮށް ފައިނަލަށް ދަތުރުކުރި ސިންގަޕޫރު ޓީމާއެވެ.

ދިވެހި ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާ ރިހި މެޑަލް ހޯދާފަ

ރާއްޖެއިން ރަންމެޑަލަށް ކުރި އުންމީދު ފަނޑު ކޮށްލީ ސިންގަޕޫރު ފަހަތުން އަރާ 3-2 އަށް ނަތީޖާ އަނބުރާލުމުންނެވެ.

ފުރަތަމަ ދެ ސެޓް 18-25 އަދި 25-22 ގެންދިޔައީ ސިންގަޕޫރުންނެވެ.

އެހެންނަމަވެސް 19-25 އިން ތިންވަނަ ސެޓާއި 4 ވަނަ ސެޓް ކާމިޔާބު ކުރީ ދިވެހި ޓީމުންނެވެ.

ފަސްވަނަ ސެޓުގައި ސިންގަޕޫރުން ވަނީ 11-15 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

ފޯރިގަދަ ފައިނަލް މެޗުގައި ދިވެހި ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުބާރާތް ފެށިއިރު ލީޑް ނެގީވެސް ރާއްޖެއިންނެވެ.

ޤައުމީ އަންހެން ވޮލީ ޓީމުން ރޭ ކުޅުނު މެޗުގައި ރަނަރަޕް ޓީމުގެ ގޮތުގައި ކަނޑައަޅާފައިވާއިރު މިއީ މިއަހަރު ރާއްޖޭއަށް ލިބުނު ދެވަނަ ރިހިމެޑަލްއެވެ.

ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ޒުވާނުންގެ މަރުކަޒު ހޯލް ފުރާލިއެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޕްލޭޔަރ

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *