4 ނޭޝަންސް ކަޕް - ފޮޓޯ: ވީއޭއެމް/ފޭސްބުކްޕޭޖް

ރާއްޖޭގައި މިއަހަރު ބޭއްވި ފުރަތަމަ ކުޅިވަރު މުބާރާތް 4 ނޭޝަންސް ކަޕްގައި ރާއްޖޭން އަމާޒު ހިފި ރަން މެޑަލް ނުލިބި މުބާރާތް ނިންމާލައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގައި ބައްދަލުކުރީ ރާއްޖެ އާއި ސިންގަޕޫރުގެ އަންހެން ޓީމެވެ.

ފައިިނަލް މެޗުގައި ސިންގަޕޫރުން ވަނީ 2-3 ސެޓުން ރާއްޖޭގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ.

ރޭގެ މެޗުގެ ނަތީޖާއަށް ބަލާއިރު، ފުރަތަމަ ދެ ސެޓް 18-25 އަދި 25-22 ގެންދިޔައީ ސިންގަޕޫރުންނެވެ. އެހެންނަމަވެސް 19-25 އިން ތިންވަނަ ސެޓާއި 4 ވަނަ ސެޓް ކާމިޔާބު ކުރީ ދިވެހި ޓީމުންނެވެ. ފަސްވަނަ ސެޓުގައި ސިންގަޕޫރުން ވަނީ ބަދަލުހިފާ 11-15 އިން ނަތީޖާ އެމީހުންގެ ކޮޅަށް އަނބުރާލާފައެވެ.

ފޯރިގަދަ ފައިނަލް މެޗުގައި ދިވެހި ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މުބާރާތް ފެށިއިރު ލީޑް ނެގީވެސް ރާއްޖެއިންނެވެ. ޤައުމީ އަންހެން ވޮލީ ޓީމުން ރޭ ކުޅުނު މެޗުގައި ރަނަރަޕް ޓީމުގެ ގޮތުގައި ކަނޑައަޅާފައިވާއިރު މިއީ މިއަހަރު ރާއްޖޭއަށް ލިބުނު ދެވަނަ ރިހިމެޑަލްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *