ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް ފެސިލިޓީއަށް ކުރެއްވި ޒިޔާރަތެއްގައި - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް 19 ގެ ކޭސްތައް އިތުރުވެގެންދިޔަ ދުވަސްވަރު ބަލި މީހުން ބޭތިއްބުމަށް ސަރުކާރުން ގާއިމު ކުރި ހުޅުމާލޭ ކޮވިޑް ފެސިލިޓީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމަށް ދީފިއެވެ.

ކޮވިޑް ފެސިލިޓީއަށް ކްރިމިނަލް ކޯޓުގެ ހިންގުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މާލޭ ލޯކަލް މާރުކޭޓް ސަރަހައްދުގައި ކްރިމިނަލް ކޯޓު ހިންގި ބާ އިމާރާތް، ބާވެ އެތަނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މި ދިޔަ ހަފްތާގައި ވަނީ "ވޯކް ފްރޮމް ހޯމް" އުސޫލަށް ބަދަލުކޮށްފައެވެ.

އަދި އެ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތް މުވައްޒަފުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރެއްވުމަށް އެ ކޯޓުން އޮތީ ނިންމާފައެވެ.

އެ ނިންމުމާއި އެއްގޮތަށް މިހާރުވެސް އަމަލުކުރަމުން އަންނައިރު މިދިޔަ ބުރާސްފަތި ދުވަހު، އެޗްޑީސީން ކޮވިޑް ފެސިލިޓީ ހިންގި އިމާރާތް ވަނީ ކްރިމިނަލް ކޯޓު ހިންގުމަށް ދީފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *